ވިޔަފާރި
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް މީހަކު ބިލް ދައްކަނީ - ފޮޓޯ: އެމްޑަބްލިއުއެސްއީ
ގޭބިސީތަކާއި ވިޔަފާރިތަކުން ފެން ބިލް ނުދެއްކި ގިނަ ދުވަސް ވުމުން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭން އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދަން އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ. އެފަދަ ޕްރޮގްރާމެއް މިދިޔަ އަހަރު ވެސް އެ ކުންފުނިން ކުރިއަށް ގެންދިޔަ އެވެ.  

އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މި ޕްރޮގްރާމްގައި މާފުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މި މަހުގެ 1 އިން ފެށިގެން ޑިސެމްބަރު 31، ގެ ކުރިން ބިލްތައް ދައްކާ ނިންމާ ނަމަ އެވެ.

"ނުދެއްކި ގިނަދުވަސްވެފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވައިދުން ބިލްތަކަށް ފައިސާ ދެއްކުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވެއެވެ،" ބަޔާނުގައިވެ އެވެ. 

މިކަމާބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅައިގެން ލިބޭނެ އެވެ. އަދި 1050 އަށް އެސްއެމްއެސް ފޮނުވައިގެން ނުވަތަ mail@mwsc.com.mv އަށް އީމެއިލްކޮށްގެން ވެސް މައުލޫމާތު އޮޅުންފިލުވޭނެ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު