ދުނިޔެ
ދެކުނު ކޮރެއާގެ މަތިންދާބޯޓު ވެއްޓި މަރުވި މީހުންގެ އަދަދު 125އަށް އަރައިފި
ވެއްޓުނީ ޖޭޖޫ އެއާގެ ބޯޓެއް.
ދެކުނު ކޮރެއާގެ ޔޮންހެޕް ނިއުސް އެޖެންސީން ބުނީ ލަފާކުރެވޭ ގޮތުގައި 181 މީހުންނާ އެކު ދަތުރުކުރި ބޯޓު ވެއްޓި މަރުވި މީހުންގެ އަދަދު 125އަށް އަރައިފި އެވެ.

ޖުމްލަ 175 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާ އެކު ދަތުރުކުރި ޖެޖޫ އެއާގެ މަތިންދާބޯޓް ވެއްޓުނީ ތައިލެންޑުގެ ބެންކޮކުން އެނބުރި އައިސް ޖައްސަން އުޅެނިކޮށެވެ.

މިހާތަނަށް ދިރިތިއްބާ ދެ މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ބޯޓުގެ ފަހަތު ކޮޅުން ފެނުނު ފަޅުވެރިއަކު ހިމެނެ އެވެ.

އެ ފްލައިޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި ދެކުނު ކޮރެއާގެ 173 މީހަކާއި ތައިލެންޑްގެ ދެ މީހަކު ހިމެނޭ ކަމަށް ނިއުސް އެޖެންސީން ބުނެ އެވެ.

ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އޭގެ ދުވެލި މަޑުނުކުރެވި އެއާޕޯޓުގެ ބޭރު ސަރަހައްދުގައި ހުރި ސްޓްރަކްޗާތަކުގައި ބޯޓު ޖެހުނީ ކަމަށް އޮފިޝަލުން ބުންޏެވެ.

އޭގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަލިފާން ރޯވި އެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލަދީ ޔޮންހެޕް ނިއުސް އެޖެންސީން ބުނީ ބޯޓުގެ ފުރޮޅު ފަދަ ލޭންޑިން ގިއަރުގެ ބައިތައް މަސައްކަތް ނުކުރި ކަމަށެވެ. ބެލެވޭ ގޮތުގައި އެހެން ދިމާވީ ވައިގެ ތެރެއިން ދަތުރުކުރަމުން ދަނިކޮށް ދޫންޏެއް ބޯޓުގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު