ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބްރޯޑްކާސްޓިންއަކީ އަމާނާތެއް: މެޑަމް ސާޖިދާ
އަލީ ރާޒީ
26 ޖެނުއަރީ 2025 - 11:12
0
comments
Tweet
Telegram
ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމަށާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމުކަމަށް ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދިޔަ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާ ވަނީ މި މުބާރާތުން އެކި ވަނައް ހާސިލުކުރި ކުދިންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.
ސާޖިދާގެ ވާހަކައިގައި ބްރޯޑްކާސްޓިންގެ ހިދުމަތް ސިފަކުރެއްވީ، ރާއްޖޭގެ ތާރީހުގައި ވަރަށް ފަހުރުވެރި ހިދުމަތެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި ހިނގާދިޔަ ހާދިސާތަކުގައި ބްރޯޑްކާސްޓަރުން އަދާކުރި މުހިންމު ދައުރު ވެސް ސާޖިދާ ވަނީ ފާހަގަކުރައްވާފަ އެވެ.
"ނަސްރުގެ ދުވަހުގެ ހާދިސާ، އެނަމާ ބޯޓުގެ ކާރިސާ އަދި ސުނާމީ ކާރީސާ. މިފަދަ ކޮންމެ ވަގުތެއްގައި ވެސް ބްރޯޑްކާސްޓިން ދާއިރާ އޮންނަނީ ވަރަށް އަވަދިނެތި،" ސާޖިދާ ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ޚިދުމަތަކީ ރަށްރަށް ގުޅުވައިދިން އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު އެފަދަ މަންސަތަކަށްވެސް ރޭޑިއޯ އަދި ޓީވީގެ ދައުރު އަދާނުކުރެވޭ ކަމަށެވެ. އެހެންކަމުން، މި ދެ ޚިދުމަތަކީ ކުރީ ޒަމާނާއި މި ޒަމާނުގެވެސް އެއްޗެއްކަމަށާއި އެ ދާއިރާގެ މުހިންމުކަން އެނގޭ ޖީލެއް ބިނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
"ދިވެހި ކުޑަކުދިން އަލުން އަޅުގަނޑުމެން ޓީވީ އަދި ރޭޑިއޯގެ ބައިވެރިން ކަމަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޤައުމެއްގެ ނިސްބަތުގައި ޓީވީ އަދި ރޭޑިއޯ އަދާކުރާ ދައުރު ފަހުގެ ޖީލުތަކަށް އެނގި، ވިސްނިފައިވުމަކީ އެހާމެ ބޭނުންތެރިކަމެއް. އެވިސްނުމާއި، އެ ފިކުރާއި އެކަމުގެ ޢިލްމު ކުޑަކުދިންނަށް ފޯރައި މިކަމަށް ފަރިތަ ޒުވާނުން ބިނާވުމަކީ މާދަމާއަށްޓަކައި ކުރެވޭ އުންމީދު. ސަބަބަކީ ބްރޯޑްކާސްޓިންއަކީވެސް އަމާނާތެއް. ވަރަށް ބޮޑު ޤައުމީ އަމާނާތެއް. ޤައުމުގެ މަސްލަހަތު ދިފާއުކުރުން ދީނާއި އަޚްލާގާއި މަސައްކަތްތެރިކަމަށް ހިތްވަރުދިނުން. ޓީވީ އަދި ރޭޑިއޯގެ އެންމެ މުހިންމު ބޭނުމަކީވެސް މިއީ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ބްރޯޑްކޮމްއިން ކުރިއަށްގެންދިޔަ މުބާރާތަކީ އައު ޖީލެއް ބްރޯޑްކާސްޓިން ދާއިރާއަށް ޝައުގުވެރިކުރުވުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއް ކަމަށާއި، މި ދާއިރާ ކުރިއަށްއޮތްތަނުގައިވެސް އިތުރަށް ފުޅާވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ބްރޯޑްކޮމްގެ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތަކީ 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ތިން ވަނަ ވަނީ ހޮވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
7 ދުވަސް ކުރިން
0
މަންދީއާއި ފައްޔާޒަށް ދައުވާ ކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފި
1 މަސް ކުރިން
0
މަންދީ އާއި ފައްޔާޒް ގޮވައިގެން ރައީސްގެ އާއިލާއިން ކޯޓަށް
2 މަސް ކުރިން
0
ހުސެން އެމްއެމްސީން އިސްތިއުފާ ދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
7 ގަޑިއިރު ކުރިން
0
ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އަށް އާރުސީސީ އަތޮޅުތެރެއަށް
8 ގަޑިއިރު ކުރިން
0
މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދޭގޮތަށް ބޯހިވާހިކަމުގެ ބިލެއް ހުށަހަޅައިފި
8 ގަޑިއިރު ކުރިން
0
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
12 ގަޑިއިރު ކުރިން
0