ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރަށް ފާޑުކިޔައި ރާއްޖެ ޓީވީއިން ދެއްކި ލަވައެއްގެ މައްސަލަ ބަލަނީ
އިސްމާއިލް ރިޒާ
04 ފެބުރުއަރީ 2025 - 17:13
0
comments
ސަރުކާރަށް ފާޑުކިޔައި، ރާއްޖެޓީވީން ދެއްކި ލަވައެއްގެ މައްސަލައެއް ބަލަނި - ފޮޓޯ/ ރާއްޖެޓީވީ
Tweet
Telegram
ސަރުކާރުގެ ކަންކަމަށް ފާޑު ކިޔައި، ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ފަށައިފި އެވެ.
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ހިނގާލުމާ ގުޅުވައި، ރާއްޖެ ޓީވީން ވަނީ 'ދިވެހީން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖޭ' ނަމުގައި ލަވައެއް ބްރޯޑްކާސްޓުކޮށްފަ އެވެ.
އެ މީޑިއާގެ އިސް ވެރިއެއްކަމަށްވާ އާމިރު ސަލީމްގެ ޅެމަކަށް ހަދާފައިވާ އެ ލަވައިގައި ވަނީ ސަރުކާރަށް ފާޑުކިޔައި، ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.
ބްރޯޑްކޮމްގެ ލީގަލް ޑިރެކްޓަރު އާއިޝަތު ހާދިޔާ މުހައްމަދު ސޮއިކޮށް ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މިދިޔަ މަހު 26ގައި އެ ޓީވީން ބްރޯޑްކަސްޓު ކުރި ލަވައިގެ ކޮންޓެންޓްގެ މައްސަލަ ބެލުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެހެންވެ ސިޓީގައި އެދިފައި ވަނީ، އެ މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ލަވަ "ރައްކާކޮށްފައި" ބެހެއްޓުމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ދާދިފަހުން ވަނީ އާ ދެ މެންބަރަކު ސަރުކާރުން އައްޔަންކޮށްފަ އެވެ. އޭގެ ތެރޭގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ސިޔާސީ އެކްޓިވިސްޓް މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު މުހައްމާގެ ނަން ލިސްޓްގެ ފަހަތަށް ގެނެސްފައި ވަނިކޮށް މަޖިލީހުގެ ތަޅުމުން އޭނާގެ ނަން ފާސް ކުރުމުން ފާޑުކިޔުން ވެސް އަމާޒުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖެ ޓީވީގެ ގިނަ މައްސަލަތަކެއް ބަލައި، އެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ދުވަސް ކުރިން
0
ބްރޯޑްކޮމްގެ ނައިބަކަށް ޝިފްލާ އިންތިހާބުކޮށްފި
13 ދުވަސް ކުރިން
0
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
1 މަސް ކުރިން
0
ތުހުމަތުތަކަށް އިންކާރުކޮށް، ފަޒީން ބްރޯޑްކޮމުން އިސްތިއުފާ ދީފި
1 މަސް ކުރިން
0
ފަޒީން ބްރޯޑްކޮމްއިން ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމިޓީން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
2 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
6 ގަޑިއިރު ކުރިން
0
އުރީދޫގެ އިތުރު ދެ މުވައްޒަފަކު ހާވާޑުން ދަސްވެނިވެެއްޖެ
6 ގަޑިއިރު ކުރިން
0
މެޑިކަލް ޓޫރިޒަމަށް ހޮސްޕިޓަލް އެޅުމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން: ނާޒިމް
6 ގަޑިއިރު ކުރިން
0