ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުޑަކުއްޖާ ރޭޕް ކުރި ކާފަވެސް ޖަލުގައި މަރުވެއްޖެ
އަލީ ރާޒީ
14 ފެބުރުއަރީ 2025 - 10:43
0
comments
Tweet
Telegram
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ދެ ވަނަ ކާފަ ވެސް ހުޅުމާލޭ ޖަލުގައި ރޭ މަރުވެއްޖެ އެވެ.
ދެ އަހަރުގެ ކުޑަކުއްޖަކަށް އެ ކުއްޖާގެ މުނިކާފައާއި ކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ ޖެނުއަރީ 2020 ގައެވެ. އެ މައްސަލައާ ގުޅިގެން އެ ރަށު އަންނާރުމާގޭ، ހަސަން މޫސާ ދީދީ، 85 އާއި އެ ރަށު ރިހިވެލި އިބްރާހިމް ދީދީ 67 އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.
އޭގެ ތެރެއިން މުނިކާފަ ޖަލުގައި މަރުވީ ސެޕްޓެމްބަރު 9، 2023 ގައެވެ.
ސެޕްޓެމްބަރު 9، 2023 ގައި ހަސަން ދީދީ ހުޅުމާލޭ ޖަލުގައި މަރުވީ ހިތް ހުއްޓިގެން ކަަމަށް ވާއިރު، އުމުރުން ދުވަސްވުމުގެ ސަބަބުން ޖަލުގައި ވެސް ހިނގައި ނޫޅެވޭތީ އޮތީ އެނދުމަތި ކޮށްފަ އެވެ.
ތަފާތު އެކި ދުވަސް މަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ޙަސަން މޫސާ ދީދީގެ މުނިކާފަ ދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އޮތީ ކަނޑައަޅާފައެވެ.
ހުޅުމާލޭ ޖަލަށް ލާފައިވާ އިބްރާހިމް ދީދީ ހޭލާ އުޅެނިކޮށް ވެއްޓުމާ އެކު، ކަރެކްޝަންސްގެ މެޑިކަލް ޓީމުން ގޮސް އަވަސް ފަރުވާ ދިން ނަމަވެސް ހަރަކާތެއް ނެތުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އެކަމަކު، ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތުމުން އޭނާ މަރުވެފައިވާ ކަން ހުޅުމާލެ ހޮސްޕިޓަލުން ރޭ ދަންވަރު 2:40 ހާއިރު ނިންމި އެވެ.
"މީނާއަކީ ހައި ބްލަޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ،" ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އިބްރާހިމް ދީދީ މަރުވިކަން އޭނާގެ އާއިލާ އަަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެޗްއާރުސީއެމާއި އެންއައިސީ އަށް އަންގާފައިވާ ކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ދެ އަހަރުގެ ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވެސް މަރުވީ އެތައް ބައްޔެއް ޖަލުގައި ހުރެ ތަހައްމަލު ކުރަމުން ދަނިކޮށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ
4 ދުވަސް ކުރިން
0
ދަރިވަރަކާ ބެހުނު ޓީޗަރަކު ސަސްޕެންޑްކޮށްފި
24 ދުވަސް ކުރިން
0
ކުޑަކުއްޖަކު ފިހި، އަނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ
2 މަސް ކުރިން
0
ގްރޫމްކުރި ޓީޗަރު ހައްޔަރުކުރަން އަމުރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
3 ގަޑިއިރު ކުރިން
0
ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި
3 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ
3 ގަޑިއިރު ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
9 ގަޑިއިރު ކުރިން
0