ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް އީސީގެ ކުރީގެ ނައިބު ރައީސް އަމްޖަދު ހަމަޖައްސައިފި
ހަސަން ހަލީމް
19 ފެބުރުއަރީ 2025 - 18:23
0
comments
Tweet
Telegram
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީޕް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ (ޑީޖޭއޭ)ގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އިންޓަވިއު ޕެނަލުން ހުށަހަޅާފައިވާ ރިޕޯޓުގައި، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިފައިވަނީ އަމްޖަދަށް ކަމަށެވެ.
ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ އެ މަގާމު ހުސްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އައިޝަތު ރިޒްނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.
ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތްކަމަށް ވިދާޅުވެ ރިޒްނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަމްޖަދު މުސްތަފާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީއާއި އިނގިރޭސި ވިލާތުގެ އެންޑް ގްލިއާ ރަސްކިން ޔުނިވާސިޓީޏް ބިޒްނެސް އެންމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލުކުރައްވާފައެވެ.
އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.
ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމުގެ ގޮތުގައި ބަލައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހޮވޭ ބޭފުޅަކަށް 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ބެންޗް ކުޑަކުރުމާ ދެކޮޅު ކުއްލި މައްސަލަ ބަލައެއް ނުގަތް
7 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް: ޑިމޮކްރެޓްސް
18 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ
22 ގަޑިއިރު ކުރިން
0
ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ބަދަލުކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗްޑީސީން ލ. ގަމުގައި ނާސަރީއެއް ތަރައްގީކުރަނީ
2 ގަޑިއިރު ކުރިން
0
ބީއެމްއެލްގެ އޭޓީއެމްއެއް ބަނޑިދޫގައި ހުޅުވައިފި
2 ގަޑިއިރު ކުރިން
0
ބަނޑިދޫ ތަރައްގީކުރާ 50 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައިފި
3 ގަޑިއިރު ކުރިން
0
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް
4 ގަޑިއިރު ކުރިން
0