ޚަބަރު
ބަނޑިދޫ ތަރައްގީކުރާ 50 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައިފި
ދ. އަތޮޅު ބަނޑިދޫ އައިސް ޕްލާންޓް ތަރައްގީކުރުމަށް ބިންގާ އަޅައިފި އެވެ. 

މި ރަސްމީއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ބަނޑިދޫގައި އައިސްޕްލާންޓް އެޅުމަށް މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ބަނޑިދޫގައި ގާއިމުކުރާ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް ކަމަށެވެ.

މި އައިސްޕްލާންޓް ގާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ހަރަދު ކުޑަކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު