ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މީދޫ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތް ރައީސް ޑރ. މުއިއްޒު ހުޅުވާދެއްވައިފި
އައިމިނަތު ޝިޔާޒާ
24 ފެބުރުއަރީ 2025 - 20:02
0
comments
Tweet
Telegram
ދ. މީދޫ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާދެއްވައިފި އެވެ.
ރައީސް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުވައްދެއްވައި އެމަނިކުފާނު ވަނީ އާ އިމާރާތް ބައްލަވާލައްވާފައެވެ.
މި އިމާރާތުން ދޭ ހިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ހިދުމަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެއެވެ. މީގެ އިތުރުން ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް އާ އިމާރާތުގައި ވަނީ ގާއިމް ކުރެވިފަ އެވެ.
މީދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ މަރުކަޒެކެވެ. އަދި މި ތަނުގައި މިވަގުތު އެތަނުގައި މަސައްކަތް ކުރަނީ ދެ ޑޮކްޓަރުންނެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން މީދޫ ސިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝުހާ އިބްރާހީމް ވިދާޅުވީ، މި އިމާރާތުން ސިއްހީ ދާއިރާގެ އިތުރު ކަންތައްްތައް ކުރުމަށްވެސް ބޭނުން ކުރެވިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން މި ސިއްހީ މަރުކަޒުގެ އިދާރީ ބައިން ހިދުމަތް ދެމުން ގޮސްފައި ވަނީ ވަރަށް ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ކަމަށެވެ. އެެހެން ނަމަވެސް މިހާރު އާ އިމާރާތާއެކު އިދާރީ މުވައްޒަފުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
މީދޫ ކައުންސިލް ރައީސްކަން ޕީއެންސީއަށް
12 ގަޑިއިރު ކުރިން
0
ދ.މީދޫ ކައުންސިލް ރައީސް އިންތިހާބު: ގިނަ ބަޔަކު ވޯޓުލައިފި
15 ގަޑިއިރު ކުރިން
0
މީދޫ ކައުންސިލްގެ ރައީސް ހޮވަން ވޯޓުލުން ކުރިއަށް
4 ދުވަސް ކުރިން
0
އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް މޯދީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީދޫ ކައުންސިލް ރައީސްކަން ޕީއެންސީއަށް
3 ގަޑިއިރު ކުރިން
0
ދ.މީދޫ ކައުންސިލް ރައީސް އިންތިހާބު: ގިނަ ބަޔަކު ވޯޓުލައިފި
12 ގަޑިއިރު ކުރިން
0
ވަތަނީ ހިދުމަތް ނިންމި 137 ދަރިވަރަކު ސިފައިންގެއަށް
12 ގަޑިއިރު ކުރިން
0
އިންތިހާބުގެ ނަތީޖާއިން ހާމަވީ ރައީސް ނަޝީދަށް އޮތް ތާއީދާއި ލޯބި!
12 ގަޑިއިރު ކުރިން
0