ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނުފޫޒު ފޯރުވުން ހުއްޓާލައި، ގާނޫނުގެ ވެރިކަމަށް ރުޖޫއަވޭ: ރައީސް ސޯލިހް
ހަސަން ހަލީމް
27 ފެބުރުއަރީ 2025 - 13:57
0
comments
Tweet
Telegram
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލައި، ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ދައުލަތުގެ ވެރިންނަށް ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހް މިކަމަށް ގޮވާލައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނިކޮށެވެ.
އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރެއްގެ މަގާމުގައި މި ވަގުތު ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސަރުކާރުން އިސްނަގައިގެން އެ މައްސަލައަށް ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށެވެ.
"[ސުޕްރީމް ކޯޓު، ޖޭއެސްސީ އަދި އޭސީސީ ހިމެނޭހެން] ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު، ހުތުރު އަމަލުތަކެއް. މި ކަންކަން ހުއްޓާލައި ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލަން،" ސޯލިހު ލިޔުއްވާފައިވެ އެވެ.
ސޯލިހު ވިދާޅުވީ ރާއްޖެ މި ވަގުތު މިސްރާބު ޖަހާފައި ވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށެވެ.
"އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ހައްގުތަކާއި ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން. އެކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ހާލަތްތަކެއް ބަޔާންކޮށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހެނދުނަށް ތާވަލްކޮށްފައި ވަނިކޮށެވެ..
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި
23 ދުވަސް ކުރިން
0
ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި
29 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރައްވައިފި
30 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
18 ގަޑިއިރު ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
18 ގަޑިއިރު ކުރިން
0
ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި
21 ގަޑިއިރު ކުރިން
0
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
21 ގަޑިއިރު ކުރިން
0