ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަހުމަދު ނިހާން
18 ޖޫން 2025 - 14:40
0
comments
Tweet
Telegram
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ދައުވާކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
އެ އަމުރު ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޯޓަށް މިފަހުން އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހިދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި މީގެ ހަފްތާއެއްހާ ދުވަސްކުރި އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރި އަބްދުالله ހަމީދު އެވެ.
ޝަހީދުގެ ރައުޔުގައި ވިދާޅުވީ ވިދާޅުވީ ޝަމްއާންގެ ބަންދު އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް އޭނާއަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އޭސީސީގެ ބައިވެރިވުމެއް ނެތި ބަންދާ މެދު ގޮތެއް ނިންމުމަށް ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށެވެ.
"އެންޓި ކޮރަޕްޝަންގެ ބައިވެރިވުމެއް ނެތި މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ (ޝަމްއާން) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަން ޖެހޭ ތަނެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް،" ރިޔާސަތުގައި އިންނެވި ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވި އެވެ.
ފަނޑިޔާރުގެ އެ ރައުޔަށް ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުالله ހަމީދު ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު ޝުޖޫން ވިދާާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަމަށް ބާރުދޭ ކަންކަން ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި އޮތީ ދައުލަތުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޝަމްއާނާއި ހެކިވެރިންނާ އޮތް ގާތް ގުޅުމެއް ވެސް ބުނެ ނުދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.
ނަމަވެސް، ޝަމްއާން އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް އެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ.
ޝައްމާން 15 ދުވަހަށް ބަންދު ކުރަން އެދުނުއިރު، އޭނާގެ މައްޗަށް ކޮށްފައި އޮތީ ކޮރަޕްޝަންގެ ތުހުމަތެވެ.
ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.
އެކަމަކު، ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ދުވަސް ކުރިން
0
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަނުކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފި
27 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
1 މަސް ކުރިން
0
ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު
1 މަސް ކުރިން
0
ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރެވުނީތީ އުފާކުރަން: މަހާޒް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޮޓްލިން ޕްލާންޓު ވަޒީފާ ތަކުން މީހުން ވަކި ކުރުމަކީ އާއިލާތަކަށް ދިން ނިކަމެތި ކަމެއް: ވަހީދު
1 ގަޑިއިރު ކުރިން
0
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާއެކު މަޝްވަރާކުރައްވައިފި
2 ގަޑިއިރު ކުރިން
0
މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
2 ގަޑިއިރު ކުރިން
0
ލަންކާގެ ދެ ކޮލެޖަކުން ނުކިޔަވަން އެމްކިޔުއޭ އިން އެދިއްޖެ
2 ގަޑިއިރު ކުރިން
0