ޕީސީބީގެ ރައީސަކަށް އަނަސް އައްޔަންކުރައްވައިފި
އިސްމާއިލް ރިޒާ
13 މާޗް 2025 - 22:45
0 comments
ޕީސީބީގެ ރައީސް މުހައްމަދު އަނަސް. އޭނާ އެ މަގާމަށް އައްޔަނު ކުރީ މިއަދު .-- ފޮޓޯ: މިހާރު
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަނަސް އައްޔަން ކުރެއްވިއިރު ކުރިން އެ މަގާމުގައި ހުންނެވީ ހަމްދީ އަގީލް އެވެ.އެކަމަކު މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ރައީސް ވަނީ ހަމްދީ މަގާމުން ވަކި ކުރައްވައިފަ އެވެ.އަނަސް މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.އަނަސް އަކީ ގައުމީ ޔުނިވާސިޓީން މާސްްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާއިން އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފުޑްޝާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.އަނަސް ޕީބީސީގެ ރައީސަކަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މިދިޔަ މަހު 12ގައި ވަކިކުރެެއްވުމަށް ފަހު އެވެ. ނަމަވެސް، ރައީސް މުއިއްޒު އެ ނިންމެވުން ނިންމެވީ ކީއްވެ ކަމެއް ހާމައެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ޝުއޫރު