ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރޯދައާ ގުޅުވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި
މަރިޔަމް އަނާ
12 ފެބުރުއަރީ 2025 - 16:17
0
comments
Tweet
Telegram
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި 3،000ރ. ދިނުމަށާއި، އަދި އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ކަމަށެވެ.
ރަމަޟާން މަސް ފެށޭއިރު "ޕޭ ލީވް" (ސްކޮލަޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދިނުމަށް ވެސް ވަނީ އަންގާފަ އެވެ. ނަމަވެސް، މިފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް އަންގާފައިވެ އެވެ.
ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ނުދިނުމަށް ވެސް އަންގާފައިވެ އެވެ.
މީގެއިތުރުން ރޯދައާ ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދިނުމަށް ވެސް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ދައުލަތުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ އަންގައިފަ އެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަަސް ފެށޭނީ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ގަޑިއިރު ކުރިން
0
އެމްޑީބީގެ ބޯޑުން އިތުރު މެންބަރަކު އިސްތިއުފާ ދީފި
2 ދުވަސް ކުރިން
0
57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
9 ދުވަސް ކުރިން
0
ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރި އަނަސްއަށް ރުހުންދީފި
26 ދުވަސް ކުރިން
0
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާނު ނުކުރަން އެދެފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުސޫލުތަކާ ހިލާފަށް މުޒާހަރާތަކާއި އެއްވުންތައް ބްރޯޑްކާސްޓްކުރާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް
6 މިނެޓް ކުރިން
0
ހާދިސާގެ ފުޓޭޖު ފުލުހުން އާންމު ކުރުމުން އިތުބާރު ގެއްލޭ: އެޗްއާރުސީއެމް
2 ގަޑިއިރު ކުރިން
0
ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރަފީ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި
3 ގަޑިއިރު ކުރިން
0
ރ. ދުވާފަރުގައި 100އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފި
3 ގަޑިއިރު ކުރިން
0