ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުންފުނިތަކުން މުވައްޒަފުން މަދުކުރާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު
ހުނައިދާ ޔާސިރު
20 އޭޕްރީލް 2026 - 10:38
0
comments
Tweet
Telegram
ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެންގުމާ ގުޅިގެން، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 39 މެންބަރުން ވޯޓު ދެއްވި އެވެ.
އޭނާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓަށް މުވައްޒަފުން މަދު ކުރުމުން ކުއްލި ގޮތަކަށް 13،000 މުވައްޒަފުން ވަކިވާނެ އެވެ.
އެއްވެސް ޕްލޭނެއް ނެތި އަދި ކުއްލި ގޮތަކަށް ކުރާ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ވާނެ ކަމަށާއި އެއީ ވަޒީފާ އާ ބެހޭ ގާނޫނާއި އަދި ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ޝަމްހީދު ވިދާާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގައި 42,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވެއެވެ. އެ އަދަދުން ބަލާއިރު، ސަރުކާރުން ނިންމާފައިވާ ގޮތަށް 33 ޕަސެންޓު މުވައްޒަފުން މަދުކޮށްފި ނަމަ، 13,000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.
ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.
ޕީސީބީ މެދުވެރިކޮށް ކުންފުނިތަކަށް އަންގާފައި ވަނީ ހިންގުމުގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، ކޮންމެހެން ބޭނުން ނުވާ ވަޒީފާތަކަށް މީހުން ނުނެގުމަށެވެ.
ނަމަވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައި ބާރުއަޅާފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ފަށަންވާނީ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ނޫން ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ބީއެމްއެލްގެ ސުކޫކްގެ މަގްސަދަކީ އަމިއްލަ ވިޔަފާރި އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
17 ގަޑިއިރު ކުރިން
0
ފިޗުން، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި
9 ދުވަސް ކުރިން
0
ދައުލަތުގެ މުސާރަ ދޭނީ މި މަހު 28 އަދި 31ގައި: މިނިސްޓްރީ
1 މަސް ކުރިން
0
ތެލުގެ ރިޒާވް ގާއިމުކުރަން މާލެ ކައިރިން ދެ ފަޅެއް ބަލަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެފްޑީސީގެ އެޕާޓްމަންޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށްފި
1 ގަޑިއިރު ކުރިން
0
ތަޖުރިބާކޮށްލަން އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާ އަށް ؛ ހަރަދަށް 1.2 މިލިއަން ރުފިޔާ!
58 މިނެޓް ކުރިން
0
އެމްއެމްއޭގެ އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
2 ގަޑިއިރު ކުރިން
0
ވޯލްޑް ކަޕްގެ އައިޓީ މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި
2 ގަޑިއިރު ކުރިން
0