
ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، އެ މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައިވާކަން ހާމަކޮށްފަ އެވެ.އެއީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ."މުޅި ހުރިހާ އެސްއޯއީތަކެއްގައި 42،000 ތިބޭނެއޭ އަޅުގަނޑުމެންގެ އަންދާޒާގައި، ޕީސީބީން އެ ޑާޓާ ބަލަހައްޓާނީ،". ޒަމީރު ވިދާުވި އެވެ.ޒަމީރު ވިދާޅުވެފައިވާގޮތުގައި ބައެއް ކުންފުނިތަކަކަކީ މިހާރު ތިބި މުވައްޒަފުންނާއެކު ހިންގޭނެ ތަންތަން ކަމުން އެތަންތަނުން މުވައްޒަފުން ވަކި ނުކުރެވޭނެއެވެ. އެހެން ނަމަވެސް ބޭނުމަކީ މިހާރު ހުރި އޮޕަރޭޝަނަށް ބަލާއިރު، އެންމެ ރަނގަޅު މިންވަރަަކަށް އެ ކުންފުނިތަކުގައި މުވައްޒަފުން ބޭތިއްބުން ކަަމަށް ޒަމީރު ވިދާޅުވި އެވެ."އެއީ މާދަމާ ހެނދުނު އިރުއަރަން ވާއިރަށް މީހުން ކަނޑާށެކޭ ނޫން، އެމްޕްލޮއިމެންޓް ގާނޫނާއި އެއްގޮތަށް އެކަންކަން ކުރަން އަންގާފައި ވާނީ،". ޒަމީރު ވިދާޅުވި އެވެ.ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީ އިން އިއްޔެ ޕީސީބީ އަށް ފޮނުވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.