ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޓޫރިޒަމް ގާނޫނު ބަދަލުކުރަން ފާސްކުރި ބިލު ތަސްދީގުކޮށްފި
ހަސަން ހަލީމް
19 މާޗް 2025 - 16:49
0
comments
Tweet
Telegram
މާލިއްޔަތު ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އެ ގާނޫނަށް ހުށަހެޅި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ، 19 މާރިޗު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަރުކާރުން ބޭނުން ވެގެން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބިލުގައި އޮތީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމެވެ. މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
ބިލުގައި އޮތީ މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތަކުގައި އެ ތަނެއްގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.
އަދި މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްޙޫރިއްޔާ ކަމަށެވެ.
މިހާރު އެ މާއްދާ އޮތް ގޮތުން ނަމަ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިޞާދީ ސިޔާސަތެއްގެ ދަށުންނެވެ.
ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންކަމުން މިހާރު ހުށަހެޅިފައިވާ އިސްލާހާއެކު ރައީސަށް ބޮޑު ބާރެއް ލިބޭނެއެވެ.
މީގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު 50 އަހަރަށް ނަގާފައިވާ ފަރާތްތަކަށް ގިނަވެގެން 49 އަހަރު ދުވަހަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއިދޭން ވަނީ ހިމަނާފައެވެ. އެގޮތުން ހަ މަސް ދުވަހަށް އެ މުއްދަތު އިތުރުކުރުމަށް ބިލުގައި އޮތީ ހިމަނައިފައެވެ. އެގޮތުން މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 (ފަސް މިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަން ޖެހެއެވެ.
މިއީ މި ގާނޫނުގެ ފަސް ވަނަ މާއްދާއަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ. ޓޫރިޒަމް ގާނޫނުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެހެން ބައެއް ކަންތައްތަކާ މެދު ވިޔަފާރިތަކާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިއަދުގެ ޖަލްސާގައި ބިލު ފާސްކުރުމުގެ ކުރިން އިދިކޮޅު އެމްޑީޕީން އިސްލާހެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހު ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ބޭރުކޮށްލާފަ އެވެ.
ސަރުކާރުން ފޮނުވި ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ ހަތް މެންބަރެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް އިނާޔަތެއް ދެނީ
10 ގަޑިއިރު ކުރިން
0
ރައީސްގެ ދަރިކަލުންގެ ހައްގުތަކަށް އަރައިގަތް މައްސަލަ ކޯޓަށް ހުށަހަޅައިފި
1 ދުވަސް ކުރިން
0
ހުއްޓިފައި އޮތް ރައީސްގެ ޖަވާބު ސިލްސިލާ އަލުން ފަށަނީ
2 ދުވަސް ކުރިން
0
އަޅުގަނޑުގެ މައްޗަށް ރައީސްގެ ނުފޫޒެއް ނުފޯރާނެ: އަބްދުއްރަހީމް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަނީ
2 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރައްވައިފި
4 ގަޑިއިރު ކުރިން
0
ޓޫރިޒަމް ގާނޫނު ބަދަލުކުރަން ފާސްކުރި ބިލު ތަސްދީގުކޮށްފި
9 ގަޑިއިރު ކުރިން
0
ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް އިނާޔަތެއް ދެނީ
9 ގަޑިއިރު ކުރިން
0