ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހަރަދުތައް ހަމަޖައްސަން 4.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
އިސްމާއިލް ރިޒާ
20 މާޗް 2025 - 12:46
0
comments
Tweet
Telegram
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
އެގޮތުން އެ މިނިސްޓްރީން ވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފައެވެ. އެއީ، 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ހަތަރު ޓީބިލެކެވެ.
އެ ބިލުތަކުގެ ތެރޭގައި ހިމެނެނީ، 700 މިލިއަން ރުފިޔާގެ ޓީބިލަކާއި 900 މިލިއަން ރުފިޔާގެ ޓީބިލަކާއި އެއް ބިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރަށް 1.8 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.
އެ ޓީބިލުތައް ވިއްކަން ނިންމާފައި ވަނީ 3.5 އިންސައްތައާ 4.6 އިންސައްތަ އާ ދެމެދުގެ އިންޓްރެސްޓު ރޭޓެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ މިނިސްޓްރީން އެންމެ ފަހުން ޓީބިލް ވިއްކަން ހުޅުވާލީ މިދިޔަ ހަފުތާގައެވެ. އެ ޓީބިލްގައި 17 މީހަކު އިންވެސްޓުކޮށްފައިވާއިރު، އޭރު ވިއްކީ 2.1 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ.
އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ގަޑިއިރު ކުރިން
0
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި
2 ދުވަސް ކުރިން
0
ހޮވާ މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ: ރައީސް
2 ދުވަސް ކުރިން
0
އާއިލާތައް ބަދަހިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
5 ދުވަސް ކުރިން
0
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިދިޔަ އަހަރު އެސްޑީއެފްސީން 2.78 ބިލިއަންގެ ލޯނު ދޫކުރި
2 ގަޑިއިރު ކުރިން
0
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރޭ
2 ގަޑިއިރު ކުރިން
0
ހަނިމާދޫއާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފި
3 ގަޑިއިރު ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތަށާއި ބޮޑު އީދަށް ހޯރަފުށީގެ މަގުތައް ސާފު ކުރަނީ
17 ގަޑިއިރު ކުރިން
0