ޚަބަރު
އާއިލާތައް ބަދަހިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށެވެ.

"ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އާއިލާތަކުގެ ހާލަތު ބެލުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ "ހާލު ކިހިނެއް؟"ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއްވެސް ފައްޓަވާފަ އެވެ.

5 އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމްއިން ލިބޭ މަޢުލޫމާތުގެ އަލީގައި އެކި އާއިލާތަކަށް އެހީތެރިކަން އަންނަނީ ފޯރުކޮށްދެއްވަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު