ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
މިދިޔަ އަހަރު އެސްޑީއެފްސީން 2.78 ބިލިއަންގެ ލޯނު ދޫކުރި
އަހުމަދު ނިހާން
17 މެއި 2025 - 11:04
0
comments
Tweet
Telegram
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިދިޔަ އަހަރު 2.78 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
އެ ކުންފުނީގެ ހަވަނަ އަހަރީ އާންމު ޖަލްސާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާގެ ލޯނުގެ ދޫކޮށްފައިވެ އެވެ. އެ ލޯންތަކުގެ ތެރޭގައި ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއި ން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާ އާއި އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ 1.045 ބިލިއަން ރުފިޔާގެ ލޯނު ހިމެނެ އެވެ.
ކެޕިޓަލް ލޯނު ޕޯޓްފޯލި އޯއިން ފާއިތުބި ފަސް އަހަރުގެ ތެރޭގައި ދޫކުރި ލޯނުތަކަށް ބަލާ އިރު، އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ޓޫރިޒަމް ދާއިރާއަށެވެ. އެއީ 521 މިލިއަން ރުފިޔާ އެވެ.
އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯ އިން އެންމެ ގިނައިން ލޯނު ދޫކުރީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެއީ 647 މިލިއަން ރުފިޔާ އެވެ.
އެސްޑީއެފްސީގެ ޕޯޓްފޯލިއޯ 180 ރަށަކަށް ފުޅާކޮށްފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެޑްމިނިސްޓާޑް ކޮށްފައިވާ ލޯނު ހިމެނޭހެން 1.13 ބިލިއަން ރުފިޔާ ޖުމްލަ ޕޯޓްފޯލިއޯގެ 44 އިންސައްތަ ދޫކޮށްފައިވަނީ އަތޮޅު ތެރެއަށެވެ.
އެސްޑީއެފްސީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
އެސްޑީއެފްސީ އުފެއްދި މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 މަސް ކުރިން
0
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް
1 އަހަރު ކުރިން
0
އަންހެނުންނަށް މާލީ އެހީދޭ ސްކީމު އިފުތިތާހުކޮށްފި
3 އަހަރު ކުރިން
0
އެސްއެމްއީ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަނީ
4 އަހަރު ކުރިން
0
އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަންކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިދިޔަ އަހަރު އެސްޑީއެފްސީން 2.78 ބިލިއަންގެ ލޯނު ދޫކުރި
5 ގަޑިއިރު ކުރިން
0
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރޭ
5 ގަޑިއިރު ކުރިން
0
ހަނިމާދޫއާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފި
5 ގަޑިއިރު ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތަށާއި ބޮޑު އީދަށް ހޯރަފުށީގެ މަގުތައް ސާފު ކުރަނީ
20 ގަޑިއިރު ކުރިން
0