ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހަނިމާދޫއާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފި
މަރިޔަމް އަނާ
17 މެއި 2025 - 10:42
0
comments
Tweet
Telegram
ރާއްޖޭގެ އުތުރުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި އެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދާނީ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ އާދީއްތަ އަދި ބުރާސްފަތި ދުވަހު އެވެ.
މި ދަތުރުތަކުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއަށް ނައިސް ސީދާ ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރެވޭނެ އެވެ. އަދި ކުރިން މާލެ އިން ބެންގަލޫރަށް ކުރި ދަތުރަށް ވުރެ ހަނިމާދޫ އިން ކުރާ ދަތުރުގައި ހޭދަވާ ވަގުތުވެސް މަދުވެގެންދާނެ އެވެ.
ބައިނަލްއަގުވާމީ ގޮތުން މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅުވާލުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބެންގަލޫރަށް ފަށާ ފްލައިޓްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އެންމެ ކަމުދާނެ ދަތުރުތައް ހިޔާރު ކުރުމުގެ ފުރުސަތު ފުޅާވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ބަންގްލަދޭޝަށެވެ.
މޯލްޑިވިއަން އިން އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނީގެ ބޯޓުތައް އާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި
7 ދުވަސް ކުރިން
0
ހަނގުރާމަ ހުއްޓާލުމުން އިންޑިއާ އާއި ޕާކިސްތާނަށް ރާއްޖެއިން މަރުހަބާ
7 ދުވަސް ކުރިން
0
އިންޑިޔާއާއި ޕާކިސްތާން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
10 ދުވަސް ކުރިން
0
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިދިޔަ އަހަރު އެސްޑީއެފްސީން 2.78 ބިލިއަންގެ ލޯނު ދޫކުރި
4 ގަޑިއިރު ކުރިން
0
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރޭ
4 ގަޑިއިރު ކުރިން
0
ހަނިމާދޫއާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފި
4 ގަޑިއިރު ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތަށާއި ބޮޑު އީދަށް ހޯރަފުށީގެ މަގުތައް ސާފު ކުރަނީ
19 ގަޑިއިރު ކުރިން
0