ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި
އަލީ ރާޒީ
12 މެއި 2025 - 13:00
0
comments
Tweet
Telegram
ދިވެހި ސަރުކާރަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ވިއްކި ޓީ ބިލްގެ ތެރެއިން މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އިންޑިއާ އިން ފަސްކޮށްދީފި އެވެ.
ޓްރެޝަރީ ބިލު ވިއްކައިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން 50 މިލިއަން ޑޮލަރު ހޯދީ މާރިޗު 17، 2019 ގައި މިދިޔަ ސަރުކާރުގައެވެ. އެ ފައިސާ ދެއްކުން އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އަހަރު ދުވަހަށް ފަސްކޮށްދީފައެވެ.
އޭރު އިތުރުކުރި އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވަނީ މިއަދަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުގެ އެދުމަށް ކުއްލި މާލީ އެހީތެރިކަމެއްގެ ގޮތުގައި އެ ފައިސާ ދެއްކުން އިތުރު އެއް އަހަރު ދުވަހަށް ފަސްކޮށްދޭން އެސްބީއައިއިން ނިންމާފައިވާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ދިން އެއް އަހަރުގެ މުއްދަތު މިމަހަށް ހަމަވާތީ އަނެއްކާވެސް އެ އަދަދު ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފަސްކޮށްދިނީ ކިހާ ދުވަހަކަށް ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ. ރާއްޖެއިން ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނީ އިތުރު އިންޓްރެސްޓެއް ވެސް ނާރާ ގޮތަށެވެ.
އެސްބީއައި މީގެކުރިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ދިވެހި ސަރުކާރުން ދައްކަންޖެހުނު 50 މިލިއަން ޑޮލަރުވެސް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ދެއްކުން ފަސްކޮށްދީފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އުދަނގޫ ހާލަތުގެ ސަބަބުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯންތައް ދެއްކުމުގައި އިންޑިއާ އިން ދަނީ ވަރަށް ގިނަ ލުއިތައްދީ ރާއްޖެއަށް އެހީވަމުންނެވެ. އެގޮތުން ދިވެހި ދައުލަތުގެ ރިޒާވް ހަމައަކަށް އެޅުވުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީއަކާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއެއް އިންޑިއާ އިން ހަމަޖައްސައިދީފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
6 ދުވަސް ކުރިން
0
އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ
15 ދުވަސް ކުރިން
0
އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާނެ
26 ދުވަސް ކުރިން
0
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުއްދަ ނެތި ކާސްޓްރޯލް ވިއްކާތީ ސަމާލުވާން އެމްޓީސީސީން އެދިއްޖެ
8 މިނެޓް ކުރިން
0
ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތަކު ނެތް: މުއްތަލިބް
57 މިނެޓް ކުރިން
0
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
1 ގަޑިއިރު ކުރިން
0
މި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަ ވެސް ދޭނަން: ރައީސް
2 ގަޑިއިރު ކުރިން
0