
އިންޑިއާގެ އަސްކަރީ މަނަވަރު، އައިންއެސް ސުނައިނާ، އިންޑިއަން އޯޝަން ޝިޕް (އައިއޯއެސް) ސާގަރުގެ ގޮތުގައި ކަނޑައެޅީ، އެ ގައުމުގެ ނޭވީއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.މި މަނަވަރު މިއަދު ރާއްޖެ އައުމާއެކު ދިވެހި ސިފައިންގެ ކޯސްޓުގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމު ވަނީ މަނަވަރަށް ވަޑައިގެން އޭގައި ތިބި އެކި ގައުމުތަކުގެ ސިފައިންނާ ބައްދަލުކުރައްވައި، ފަޅުވެރިންނާއި، އޮފިސަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.މި މަނަވަރުގައި އިންޑިއާ ނޫން އެހެން ގައުމުތަކުގެ އަސްކަރީ އޮފިސަރުން ހިމެނޭ ކަމަށްވެ އެވެ.