ޚަބަރު
އިންޑިއާއަށް ދާއިރު މިހާރު ސެލްފް-ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ
މިހާރު އިންޑިއާއަށް ފުރުމުގެ ކުރިން ދިވެހީން ހިމެނޭ ގޮތަށް، އެންމެން ވެސް ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅާން ޖެހޭގޮތަށް އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން ހަމަޖައްސައިފިއެވެ.

މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަތުމާއި، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އިންޑިއާގެ އެއާޕޯޓުތަކުގެ ސަވައިލަންސް ނުވަތަ ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މިކަން ފަސިންޖަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ސެލްފް ޑެކްލަރޭޝަން ފޯމް (އެސްޑީއެފް) މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެ އެވެ. މި ފޯމު ފުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.

ޑީޖީސީއޭއިން އެގޮތަށް ކަނޑައަޅާފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެއީ ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު