ވިޔަފާރި
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލައިފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއި މާލީ ގޮންޖެހުންތަކުގެ ސަބަބުން އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން މާލެ އާއި ނިއު ދިއްލީއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފި އެވެ. 

އެއާ އިންޑިއާގެ މި ކުއްލި ނިންމުމަކީ ހަމައެކަނި ރާއްޖެއަށް އައި ބަދަލެއް ނޫނެވެ. ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮތުން ދިގުލައިގެން ދިއުމާއި، ޖެޓް ފިއުލްގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުމާ ގުޅިގެން އެއާލައިނުން ވަނީ ބައިނަލްއަގުވާމީ ގިނަ ރޫޓުތަކަކަށް ބަދަލު ގެނެސްފަ އެވެ. 

މާލެ - ދިއްލީގެ އިތުރުން މި ސަރަހައްދުން މެދުކަނޑާލި ދަތުރުތަކުގެ ތެރޭގައި ދިއްލީ-ޝަންހާއި، ޗެންނާއި-ސިންގަޕޫރު އަދި މުމްބާއި-ދާކާ ހިމެނެ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަދި ހަކަތަ އިމްޕޯޓްކުރާ އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު