ޚަބަރު
އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަންކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ފަޅާލައި ވައްކަން ކޮށްފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކުރީ މިއަދު 08:56 ހާއިރު ކަމަށެވެ. އަދި މިވަގުތުވެސް ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އެ ޚިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ލޯން ދޫކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. އޮފީސް ފަޅާލި މައްސަލާގައި އެސްޑީއެފްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.





ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު