ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އަންހެނުންނަށް މާލީ އެހީދޭ ސްކީމު އިފުތިތާހުކޮށްފި
މަރިޔަމް އަނާ
23 ފެބުރުއަރީ 2024 - 16:09
0
comments
އެސްޑީއެފްސީ އިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޑީއެފްސީ
Tweet
Telegram
ވިޔަފާރި ކަނބަލުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން "ފަށާ މަދަދު" ލޯނު އަދި "ފަށާ މަދަދު ލީސިން" އިއްޔެ ތައާރަފުކޮށްފި އެވެ.
އެސްޑީއެފްސީން ބުނީ، "ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު ލީޒިން" ގެ ނަމުގައި ފެށި އެ ޕްރޮގްރާމަށް އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ. އަންހެނުންނަށް ހާއްސަކޮށް ހުޅުވާ ފައިނޭންސިން ފެސިލިޓީއަކީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ފަށާ މަދަދު ލޯނަށް ކުރިމަތިލެވޭނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އެހެން ބޭންކްތަކުން ލޯނު ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. އެފަރާތްތަކަށް ފަށާ މަދަދުގެ ދަށުން އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކަށް ލޯނު ލިބޭނެ އެވެ.
އެ ލޯނަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އިންނަ އިރު އަނބުރާ ދައްކަން ޖެހޭނީ ހަތް އަހަރުގެ ތެރޭގަ އެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.
ފަށާ މަދަދު - ލީސިން ލޯނު ސްކީމުގެ މަގްސަދަކީ ދިވެހި ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ފްރީލާންސުކޮށް އަދި ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށެވެ.
މިގޮތުން އަށް ޕަސެންޓު އިންޓްރެސްޓަކާއެކު 10،000 ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް މި ސްކީމުން ހަރުމުދާ ގަނެވޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
މި ސްކީމުގެ ދަށުން ވަކި ފަރުދަކަށް ފައިނޭންސް ކުރެވޭ އަދަދު ކަނޑައެޅޭނީ އެ ފަރާތެއްގެ ބޭންކު އެކައުންޓުން ކަށަވަރު ކުރެވޭ އާމްދަނީއަށް ބެލުމަށް ފަހުއެވެ.
އެސްޑީއެފްސީން ފަށާ މަދަދު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މާޗު 3، ގައި ހުޅުވާލުމަށް ނިންމާފައި ވާއިރު، ފަށާ މަދަދު ލީސިންއަށް އެދި ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ ތެރޭގަ އެވެ. އެކަމަށް ވަކި ތާރީހެއް ކަނޑައަޅާފައި އޮތް ކަމަށް ހާމައެއް ނުކުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު އެސްޑީއެފްސީން 2.78 ބިލިއަންގެ ލޯނު ދޫކުރި
2 މަސް ކުރިން
0
އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް ދެމި ނޯންނާނެ: ރައީސް
5 މަސް ކުރިން
0
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް
8 މަސް ކުރިން
0
އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު އަމަލެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޫސުމުގެ ބާރުގަދަވެ، މާލޭން އުތުރަށް ކަނޑުތައް ގަދަ ވެއްޖެ
1 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު އެސްޑީއެފްސީން 2.78 ބިލިއަންގެ ލޯނު ދޫކުރި
9 ގަޑިއިރު ކުރިން
0
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރޭ
9 ގަޑިއިރު ކުރިން
0