
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ހާއްސަ ހިތާބުގަ އެވެ.ރައީސް ވިދާޅުވީ އަންހެނުންނަކީ ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.މިހާތަނަށް ކުރި ކާމިޔާބު ކޮންމެ މަސައްކަތެއްގައި ވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީންކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.ރައީސްގެ ހިތާބުގައި ވަނީ ރާއްޖޭގައި ސިއްހީ ހިދުމަތާއި ތައުލީމީ ދާއިރާ ފަދަ މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި އަންހެނުން ގިނަކަން ފާހަގަކުރައްވާފަ އެވެ. އަދި ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމުގެ މަރުހާލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރިވަރުން ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މުއުމިނުތަކުންގެ މައިކަމަނާއިން ކަމުގައިވި، ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ބައެއް ހިދުމަތްފުޅުތައްވެސް، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.