ދިރާގު ޕޭ މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ
ހަސަން ހަލީމް
20 މާޗް 2025 - 12:37
0 comments

މި ރަމަޟާންމަހު ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފި އެވެ.
ދިރާގު ޕޭއިން ޒަކާތް ދެއްކުމަށް އެ އެޕް ޑައުންލޯޑް ކުރުމަށް ފަހު، ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށް ފަހު ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އެވެ.ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އަދި، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑައިލް ކޮށްގެން އެ ކަސްޓަމަރެއްގެ މޮބައިލް ބެލެންސުން ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.ދިރާގުން ބުނީ ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަމަޟާން މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.ރަމަޟާން މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތ،ީ މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދ،ީ އެކި އޮފާތައް ވެސް ތައާރަފްކޮށްފައެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online