ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
މަމްސް އެއިޑުގެ ބެކް ޓު ސްކޫލް ކެމްޕެއިނަށް ދިރާގު އެހީ
އިސްމާއިލް ރިޒާ
23 މާޗް 2025 - 15:44
0
comments
Tweet
Telegram
ދިރާގުގެ ސީ.އެސް.އާރގެ ދަށުން، މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
'ބެކް ޓު ސްކޫލް 2025' ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން، ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން، ދިރާސީ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން، ދިރާގުން ވަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން މަމްސް އެއިޑް އިން ކުރިއަށް ގެންދިޔަ "ރަމަޟާން އެއިޑް" އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.
"ރަމަޟާން އެއިޑް" އަދި "ބެކް ޓު ސްކޫލް" ގެ ދަށުން ދިރާގުން ވަނީ 140 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މަމްސް އެއިޑަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. މަމްސް އެއިޑާ އެކު ދިރާގުން ކުރިއަށްގެންދާ ޕާޓްނަޝިޕްގެ މަގްސަދަކީ، އާއިލާތަކަށް އެއްބާރުލުން ދިނުމާ، ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ދިރާގު ފުވައްމުލަކު ރަން 2025 ކާމިޔާބު ކަމާއެކު ނިންމާލައިފި
16 ދުވަސް ކުރިން
0
ދިރާގުން ދޭ ސްވިޓްޒަލޭންޑު ދަތުރުގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފި
17 ދުވަސް ކުރިން
0
ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
18 ދުވަސް ކުރިން
0
ދިރާގާއެކު ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
3 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
3 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
3 ގަޑިއިރު ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
12 ގަޑިއިރު ކުރިން
0