ދިރާގު ފައިބަ ޕްލޭނަކާ އެކު އެލައިޑުން ދޭ ގޭތެރޭގެ ތަކެތީގެ އިންޝުއަރަންސް
ހުނައިދާ ޔާސިރު
20 މެއި 2026 - 11:17
0 comments

ދިރާގާއި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދި މޯލްޑިވްސް ގުޅިގެން، ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" އިސްލާމިކް އިންޝުއަރަންސް ޕްލޭން ލިބޭ އަގުހުރި ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މި ޕާޓްނާޝިޕް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑްއަށް ދިރާގުގެ "އެލީޓް ކްލަބް" ގެ ޕާޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފަ އެވެ.ތިން މަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އަންނަ 19 އޮގަސްޓުގެ ނިޔަލަށް ބައިވެރިވެރިވެވޭއިރު، މި ޕްރޮމޯޝަނުގެ ދަށުން:- ދިރާގު ލިމިޓެއްނެތް ފައިބާގެ ކޮންމެ ޕެކޭޖެއް މިހާރު ވެސް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް، 150،000ރ.އާ ހަމައަށް އެލައިޑްގެ ހޯމް ކޮންޓެންޓްސް ތަކަފުލް ޕްލޭނެއް 1 އަހަރަށް ހިލޭ ލިބޭނެ
- ދިރާގު ލިމިޓެއްނެތް ފައިބާ 30އެމް އަދި އެއަށް ވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން ސްމާޓްވިއު އިންޑޯ ކެމެރާއެއް ހިލޭ ދޭނެ
- ދިރާގު ލިމިޓެއްނެތް ފައިބާ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ ކްލައުޑް ސްޓޯރޭޖް ސަބްސްކްރިޕްޝަނެއް ވެސް ދޭނެ
އެލައިޑްގެ ފަރާތުން ވާހަކަދައްކަވަމުން އެލައިޑް ތަކަފުލްގެ މެނޭޖަ ފާތިމަތު ނިޒްމާ ވިދާޅުވީ ދިރާގާ ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތު ހުޅުވައިލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހި ކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ."މި ގޮތުން، އިންޝުއަރެންސްގެ ދާއިރާގައި އެލައިޑްގެ ތަޖުރިބާ އަދި ހިދުމަތްތަކާއި، ދިރާގުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބަރގެ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވެގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" އޭނާ ވިދާޅުވި އެވެ.އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެ އެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދައެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނެ އެވެ. މި ޕްލޭނަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.ދިރާގުން ފޯރުކޮށްދޭ 'ސްމާޓްވިއު' އިންޑޯ ކެމެރާ އަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި، ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. މި ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން ލިބިގެންވެ އެވެ. މީގެ އިތުރުން، ދެކޮޅަށް ވާހަކަދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ އާއިލާގެ މެންބަރުންނާ ނުވަތަ ޒިޔާރަތްކުރާ މީހުންނާ ވާހަކަދައްކައި، ކަންކަން ބަލައިލެވޭނެ އެވެ.ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި 19 އޮގަސްޓުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. އަދި، ދިރާގުގެ ލިމިޓެއްނެޓް ފައިބާ ޕްލޭންތައް ބޭނުންކުރަމުންގެންދާ އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުން "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ ވައުޗަ ހޯދައި އެކްޓިވޭޓްކުރާނެ ގޮތުގެ މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ އެވެ.މީގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ހާއްސަ ޕްލޭންތަކަކުން %10 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި މޯޓާ ކޮމްޕްރިހެންސިވް ޕްލޭން، ހޯމް ކޮންޓެންޓްސް ޕްލޭން، ހިޔާވަހި، އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނެ އެވެ. މި ގޮތުން، އެލައިޑްގެ ކަސްޓަމާ ކެއާ ނުވަތަ ސޭލްސް ޗެނަލްތަކުން ހިދުމަތަށް އެދޭއިރު ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން މި ޑިސްކައުންޓްތައް ލިބިގެންދާނެ އެވެ.ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފަހި ކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ މުޅި ރާއްޖެ ގުޅާލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން ދިރާގާއި އެލައިޑާ ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނަކީ ހައި-ސްޕީޑް އިންޓަނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.
ކިޔުންތެރިންގެ ޝުއޫރު