ޚަބަރު
ލަންކާގެ ސިއްރު ބްރޯޑްކާސްޓިން ނެޓްވޯކެއް އަތުލައިގަނެ ދިވެއްސަކު ހައްޔަރުކޮށްފި
ވަގަށް ޓީވީ ޗެނަލްތައް ސްޓްރީމްކޮށް ޓީވީ އާއި ރޭޑިއޯ ޓްރާންމިޝަން ސެންޓަރެއް ސްރީ ލަންކާގައި ހިންގަމުން ދިޔަ ދިވެއްސަކު އެ ގައުމުން ހައްޔަރުކޮށްފި އެވެ.

މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި ޓެލެކޮމިއުނިކޭޝަން އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފައިނުވެ އެވެ.

ލަންކާ ފުލުހުން ބުނީ މި އޮޕަރޭޝަންގެ ފުޅާމިނާއި، މާލީ ގުޅުންތަކާއި އިތުރު މީހުން ޝާމިލުވޭތޯ ބެލުމަށް އިތުރު ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ، ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސެންޓަރު ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ލަންކާގެ އައްޓިޑިއާ ސަރަހައްދުގަ އެވެ. އަދި އެއީ ރަތުމަލާނާ އެއާޕޯޓު ކައިރީގައި ހުރި އިމާރާތެކެވެ.

އެގޮތުން، 50 މިލިއަން ލަންކާ ރުޕީސް (2.3 މިލިއަން ރުފިޔާ)ގެ އަގުހުރި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރާއި ސެޓެލައިޓް ޑިޝްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސްޓާލިންކް ޔުނިޓަކާއި އެހެނިހެން ޓްރާންސްމިޝަން އިކުއިޕްމަންޓްތައް ހިމެނެ އެވެ.

މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާ ގޮތުގައި، މި މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ޓެލެކޮމް ކުންފުންޏެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑް ކުރުމަށްފަހު، ލަންކާއާއި އެހެން ގައުމުތަކަށް ގަވާއިދާ ހިލާފަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު