ޚަބަރު
ރައީސްގެ ލަންކާ ދަތުރު ނިންމަވާލައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން ތިން ދުވަހަށް ކުރެއްވި މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. 

ރައީސްގެ ލަންކާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު 7 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. 

މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި:

  • ލަންކާގެ ރައީސްއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވި

  • ބޮޑުވަޒީރު ހިމެނޭހެން އެ ގައުމުގެ އިސްވެރިންނާއި ބައްދަލުކުރެއްވި

  • ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ތައާރަފުކޮށްފައިވޭ

  • މިފްކޯގެ އުފެއްދުންތައް ލަންކާގައި ތައާރަފުކޮށްފައިވޭ

  • މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ބާއްވާފައިވޭ

  • ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވި

ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު