ވިޔަފާރި
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިބީއަށް 113 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް
މިއަހަރުގެ ފުރަތަމަ ކުއާޓާގައި 113.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފި އެވެ. 

މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 18.12 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

އެމްއައިބީން ހާމާކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުގެ އެސެޓް ވަނީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 11.11 ޕަސެންޓް ކުރިއަރާފައެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިބީގެ ޖުމްލަ އެސެޓް ވެލިއު ވަނީ 18.50 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރީ 16.65 ބިލިއަން ރުފިޔާގައެވެ. މިއީ 1.85 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއައިބީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 163 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 47 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޑިޕޮސިޓްގެ ގޮތުގައި ޖުމްލަ 15.40 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު 1.76 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މިއީ 12 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެކެވެ. 

އެމްއައިބީން ހާމަކުރިގޮތުގައި ދުވަހުން ދުވަހަށް އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވެގެންދިޔުމަކީ ބޭންކަށް ކުރާ އިތުބާރާއި ޔަގީންކަން ބޮޑުވަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މި އަހަރުގެ ފުރަތަމަ ކުއާޓާރާ ދެމެދު ވެސް ފަސް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. އެ ބޭންކުން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު