ވިޔަފާރި
ގިނަ ހިދުމަތްތަތަކެއް ދޭ އީޒެޕު ގައި އެމްއައިބީން ބައިވެރިވެއްޖެ
އެމްއައިބީ އާއި އީޒެޕުން އެއްބަސްވުން ބަދަލުކުރަނީ. - ފޮޓޯ/އެމްއައިބީ
އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ހިދުމަތްތަކެއް ހިމެނޭ އެޕްލިކޭޝަނެއް ކަމަށްވާ އީޒެޕް އެޕުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ މިއަދު ގުޅިއްޖެ އެވެ.

ދިވެހި ޒުވާނުންތަކެއް ހަދާފައިވާ އީޒެޕަކީ އާއްމުން ބޭނުންވާ ގިނަ ޚިދުމަތްތަކެއް ވަރަށް ފަސޭހައިން ހޯދޭގޮތަށް, ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ރެސްޓޯރެންޓްތަކުގެ އެންމެ މަގްބޫލު ކެއުންތައް ސިދާ ގެއައް ޑެލިވަރީކުރުމާއި، ގެއައްބޭނުންވާ އެކި ސާމާނު އޮންލައިންކޮށް ގަތުމުން ޑެލިވަރީ ކޮށްދިނުން ހިމެނެއެވެ. އަދި އެ އެޕްލިކޭޝަނުން މި ފަހުން ވަނީ ޓެކްސީ ހިދުމަތްވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

މި އެޕްލިކޭޝަނަށް އިތުރުފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެ މަގެއް ތަނަވަސްކުރުމަށް މި ޒުވާން ޓީމު ކުރަމުން އައި މަސައްކަތަށް ފެހި ސިގްނަލް ދިނީ މިވަގުތު ރާއްޖޭގެ އޮތް ހަމައެކަނި ފުލީ ޑިޖިޓަލް ބޭންކް އަދި ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖެ އިސްލާމިކް ބޭންކުންނެވެ.

އެމްއައިބީގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އީޒެޕްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު މައުރޫފް އަބްދުލް ހަކީމް އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ އެވެ.

އާންމުން ބޭނުންވާ ގިނަ ހިދުމަތްތަކެއް އެއް އެޕެއް މެދުވެރިކޮށްދޭ އީޒެޕުން ބުނީ މި އެއްބަސްވުމާއެކު އެ އެޕް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާ ކާޑަކުން ވެސް ފަސޭހަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ.

އެމްއައިބީ ގްލޯޕަލް ޕޭއަކީ، އެ ބޭންކުން ބުނި ގޮތުގައި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް ބޭނުންކުރާ ޒަމާނީ ޕޭމަންޓް ގޭޓްވޭއެކެވެ.

ޒަމާނީ ސިފަތަކެއް އެކުލެވޭ މި ޕޭމަންޓް ގޭޓްވޭ ބޭނުނުކުރުމުގެ ފުރުސަތު އެ ބޭންކުން ވާނީ މިހާރު ޒުވާނުންނަށް ހުޅުވާލާފަ އެވެ. މީގެ އިތުރުން އެ ބޭންކުން އަންނަނީ ފައިސާ ޕޭގެ ނަމުގައި އިތުރު ޕޭމަންޓް ގޭޓްވޭއެއްގެ ހިދުމަތް ވެސް ދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު