
އެމްއައިބީން ބުނީ އަމީނީ މަގު އޭޓީއެމުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭއިރު، އެ އޭޓީއެމާއި އެކު އެމްއައިބީގެ ހަތަރު ޑޮލަރު އޭޓީއެމް މާލެ ސަރަހައްދުގައި މިހާރު ހުރި ކަމަށެވެ.އެއީ އެމްއައިބީ ހެޑް އޮފީސް ހުންނަ މެދުޒިޔާރަތް ދޮށުގެ، އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ހ. މެރިން ޑްރީމް އަދި އެސްޓީއޯ ސުޕަމާޓް ކައިރީގައި ފާމުދޭރިގޭގެ އޭޓީއެމް އެވެ.މި އޭޓީއެމް ސެންޓަރުތަކުން ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭއިރު، ހަމައެކަނި ރުފިޔާއިން ހިދުމަތް ދޭ އޭޓީއެމް މަޖީދީމަގުގެ އިތުރުން އައިޖީއެމްއެޗްގައި ވެެސް ހުރެއެވެ.އެމްއައިބީއިން އަންނީ އެ ބޭންކުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ފުޅާކުރަމުންނެވެ. އެގޮތުން އެ ބޭންކުގެ ހިދުމަތް ރ. އަތޮޅަށް ފުޅާކުރުމަށް ސޭލްސް ސެންޓަރެއް މިހާރު އިމާރާތްކުރަމުން އަންނައިރު، އެ ބޭންކުން ވަނީ މުވައްޒަފުން ނެގުމަށް ވެސް އިއުލާން ކޮށްފައެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖެ އިސްލާމިކް ބޭންކެވެ. އެ ބޭންކުގެ ގިނަ ހިދުމަތްތަކަކީ ޑިޖިޓަލްކޮށް ދެވޭ ހިދުމަތްތައްކަން ފާހަގަކުރެވެ އެވެ.