ވިޔަފާރި
ބީއެމްއެލް އިސްލާމިކުން ފުރަތަމަ ފަހަރަށް ރިސޯޓެއް ތަރައްގީކުރަން ފައިނޭންސިން ހަމަޖައްސައިދީފި
ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީ ކުރަން ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފި އެވެ.

ބޭންކުން މިއަދު ބުނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެގޮތުން 118 ކޮޓަރީގެ މި ފައިވް ސްޓާ ރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުން އަންނަ ބައިނަލްއަގުވާމީ ކުންފުންޏެއްކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗާ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން ތަރައްގީކުރާ ރިސޯޓެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

"މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސް ކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

މި ފެސިލިޓީއާ އެކު ރާއްޖޭގެ މާލީ ދާއިރާގައި ބީއެމްއެލްއިން އަދާ ކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަވާނެ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު