އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ލަމްއާން އިސްތިއުފާ ދެއްވުމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ދެން ހުންނަވާނީ މުޖުތަބާ ލަތީފް އެކަންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހިމް ޝަރީފް މުހައްމަދެވެ.އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ލަމްއާން އައްޔަން ކުރެއްވީ ފެބްރުއަރީ 1، 2024 ގައެވެ.އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.