ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިސްލާމީ ދީނާ ފުށުއަރާ ގާނޫނު ނުހެދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރާނަން: ރައީސް
ހުނައިދާ ޔާސިރު
15 އޯގަސްޓް 2026 - 13:03
0
comments
Tweet
Telegram
ދިވެހިރާއްޖޭގައި އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ގާއިމްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމް ދީނާ ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ގައުމުގެ މިނިވަން ގެއްލިފައިވާ ކަމަށެވެ.
އެ ސަބަބަށްޓަކާ އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ފުރިހަމައަށް ގާއިމުވެފައި އޮންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ ބަޔާންކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށެވެ.
"އަޅުގަނޑުވެސް އެއްބަސް. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި މިއީ މިކަން ލިޔެކިޔުމުން ފެންނަން އޮތް ގޮތް. ސުވާލަކީ އެކަމަކު މިކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް އެބަ އޮތްތޯ؟ އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބަ އޮތްތޯ؟ ޖަވާބު ވަރަށް ކުރު. ނެތް،" ރައީސް ވިދާޅުވި އެވެ.
"އިސްލާމް ދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައި،"
އެހެންކަމުން، އިސްލާމްދީން ހިމާޔަތްކުރެވޭނެ ނިޒާމެއް މުޅި ގައުމުގައި ފުރިހަމައަށް ގާއިމުވެފައި އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމީ ދުވަހުގެ ބަތަލްގެ ޙަޔާތްޕުޅުންނާއި އިސްލާމްދީނުގެ އަސާސްތަކުން ފެންނަން އޮތް އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާގު ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެކަކު އަނެކަކަށް ގަދަރުކުރާ، އިޙްތިރާމްކުރާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ގަޑިއިރު ކުރިން
0
ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާ ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގައި: ރައީސް
8 ގަޑިއިރު ކުރިން
0
އުތީމުގައި ތަރައްގީކޮށްފައިވާ ތާރީހީ "ވާހަކަ ވާ" ހުޅުއްވައިފި
13 ގަޑިއިރު ކުރިން
0
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ހުޅުއްވައިދެއްވައިފި
1 ދުވަސް ކުރިން
0
އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއު ނިންމޭނެ އަހަރު: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކައުންސިލްތަކުގެ ބިންތައް އަތުލާ ބިލާ ދެކޮޅު ޕެޓިޝަނަށް ސޮއި ހަމަކޮށްފި
3 ގަޑިއިރު ކުރިން
0
ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާ ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގައި: ރައީސް
8 ގަޑިއިރު ކުރިން
0
އުތީމުގައި ތަރައްގީކޮށްފައިވާ ތާރީހީ "ވާހަކަ ވާ" ހުޅުއްވައިފި
8 ގަޑިއިރު ކުރިން
0
އިސްލާމީ ދީނާ ފުށުއަރާ ގާނޫނު ނުހެދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރާނަން: ރައީސް
12 ގަޑިއިރު ކުރިން
0