ޚަބަރު
އެމްޑީޕީ ޗެއާޕާސަންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދެ ދުވަސް!
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް އަންނަ މަހު އޮންނަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

އެ ޕާޓީން އިއްޔެ ކުރި އިއުލާނުގައި ވަނީ، ޝަކުވާ ހުށަހަޅަން ހުޅުވާލީ ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާއާއި ރީރަޖިސްޓްރޭޝަނާ ގުޅިގެން ގެނެވުނު ބަދަލުތަކަށެވެ.

އެ ބަދަލުތަކަށް ޝަކުވާ ހުށަހެޅެނީ، އަންނަ ބުދަ ދުވަހުގެ 14:00އާ ހަމައަށް ފޯމު މެދުވެރިކޮށެވެ. އެމްޑީޕީން ބުނީ، މި ފުރުސަތުގައި ކުރިން ހުށަނާޅާ އާ ޝަކުވާ ބަލައި ނުގަންނާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) އެވެ. މި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ނަޝީދާއި މީކާއިލްއާ ދެމެދުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު