ވިޔަފާރި
ދިރާގުއެޕްއިން ބޮޑުމަސް ބާނައިގެން ބޮޑު އީދަށް ހާއްސަ އިނާމުތަކެއް
ދިރާގުން ބޮޑު އީދުގެ މުނާސަބަތުގައި ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.

މި ގޮތުން ދިރާގުން ވަނީ "ބޮޑުމަސް ބޭނުން" ގެ ނަމުގައި މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހާއްސަ ގޭމެއް ތައާރަފުކޮށްފަ އެވެ.

ދިރާގުއެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި ބައިވެރިވެގެން، ފިޝިން ގިއާ ކިޓަކާއި ގޯޕްރޯ ހީރޯ11 އެއް ހޯދުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ. 

މި ގޭމުގައި ބައިވެރިވުމަށްޓަކައި:

  • ދިރާގު އެޕްގައިވާ 'ބޮޑުމަސް' ބެނާއަށް ފިއްތާލުމުން ކޮންމެ ދުވަހަކަށް ހާއްސަ ކާޑެއް ފެންނާނެ 

  • މި ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނު އަދި އެންމެ ފަހު ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ މުޅިން ހިލޭ ހޯދުމުގެ ފުރުސަތު އަދި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު އިތުރުކޮށްދޭ ލަކީޑްރޯ ޓިކެޓް ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ

މި ގޭމުގެ އިތުރުން، މި މަހުގެ ނިޔަލަށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ:

  • އީދު ޑޭޓާ ކޮމްބޯ - ޕްރިޕެއިޑް ކަސްޓަމަރުންނަށް 45ޖީބީ ޑޭޓާ، ދިރާގު ކޯލްތައް މުޅިން ހިލޭ އަދި އިތުރު ފައިދާތައް 650ރ.އަށް 28 ދުވަހުގެ މުއްދަތަށް ލިބޭނެ

  • އީދު ބޯނަސް ޑޭޓާ - ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަކި ހާއްސަ އެޑް-އޯންތަކާ އެކު %25 އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެ

ދިރާގުގެ ބޮޑު އީދު ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް ލިބޭނެ އެވެ.

ދިރާގުން ދަނީ މި ފަދަ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު