ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބޭރުގައި ކިޔަވައިދޭ ދަރިވަރުންނަށް ބޭންކް ރޭޓުގައި ޑޮލަރު ހަމަޖައްސައިދެނީ
އަހުމަދު ނިހާން
10 އޭޕްރީލް 2025 - 16:27
0
comments
Tweet
Telegram
ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ރުފިޔާގެ ބަދަލުގައި ޑޮލަރުން ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ "ރައްޔިތުންނާ އެކު' ޕޮޑުކާސްޓުގެ ތިން ވަނަ އެޕިސޯޑުގައި އެމަނިކުފާނު މިއަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި އެ ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާ ކަމަށެވެ.
އެގޮތުން އެންމެ ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންގެ އެއް ކަންބޮޑުވުމަކީ ޑޮލަރު ހޯދުމަށް އޮތް ދަތިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ލޯނަށް ދޫކުރާ ފައިސާ ދޫކުރަނީ ރުފިޔާ އިން. އެ ފައިސާ ޑޮލަރަށް ބަދަލު ކުރުމަށް ޑޮލަރު ހޯދަން ދިމާވާ ދަތިތަކުގެ ސަބަބުން އެ ގެއްލޭ ފައިސާ. އޭގެ ގެއްލުމުގެ ވާހަކަ ދެކެވުނު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތައުލީމު ހާސިލްކުރުމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ގަވައިދދުން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އެގޮތުން ބޭހާއި ކާޑުގެ ބާވަތްތައް ގަންނަން ޑޮލަރު ހޭދަކުރާނީ ބޭރުގައި ތިބި ދަރިވަރުންނަށް ދޭންޖެހޭ ފައިސާގެ ކަންކަން ހަމަޖައްސާފައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާތްގަނޑަކަށް 10 ވަރަކަށް ގައުމުގައި ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންދާއިރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފަކު ކޮންމެ ގައުމެއްގައި ތިބޭ ދަރިވަރުންގެ މައްސަލަ ބަލައި ހައްލުކުރުމަށް މިނިސްޓްރީއަށް އިރުޝާދު ދީފައިވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ދަރިވަރުންނާ ގުޅޭ މައްސަލަތަކަށް ހައްލުތައް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ގައުމުން ބޭރުގައި ލޯނު ސްކީމުގެ ދަށުން މި ވަގުތުވެސް 1600 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
22 ގަޑިއިރު ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
2 ދުވަސް ކުރިން
0
ޓިކްޓޮކްގެ ވަފުދާ ރައީސް މުއިއްޒު ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވައިފި
3 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
1 ގަޑިއިރު ކުރިން
0
ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން: އދ
1 ގަޑިއިރު ކުރިން
0
ހައިކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް އައްޔަންކުރަން ނިންމައިފި
1 ގަޑިއިރު ކުރިން
0
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
22 ގަޑިއިރު ކުރިން
0