ޕީޖީ އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފި
އަލީ ރާޒީ
13 އޭޕްރީލް 2025 - 16:28
0 comments
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެޑްމިން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި އެ އޮފީހުގެ ދެ ޕްރޮސެކިއުޓަރުންގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑް ކުރީ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލައި ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ދެ ޕްރޮސެކިއުޓަރުންނަށް ތުހުމަތު ކުރެވޭ މައްސަލަ ބުނި ނަމަވެސް އެ މައްސަލަ ތަކުގެ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލާގައި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން އެ ހިދުމަތުންވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ޕީޖީން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު