ށ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި
އިސްމާއިލް ރިޒާ
17 އޭޕްރީލް 2025 - 10:59
0 comments
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ށ.އަތޮޅު ކައުންސިލުން ފަށައިފިއެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ ށ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދުމާއެކު އެ އަތޮޅު ކައުންސިލުން އައިޑީ ކާޑު ހަވާލުވެސް ކުރާނެ އެވެ.އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކިޔުންތެރިންގެ ޝުއޫރު