ގޯސް އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓް ކުރި މީހުން: ރައީސް
އަލީ ރާޒީ
25 އޭޕްރީލް 2025 - 11:18
0 comments
ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ދިވެހި މުޖުތަމައު މިއަދު އޮތް ނިކަމެތި ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ހިތްވަރުދިން މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ނަމަވެސް ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.
ބިރަކާ ނުލައި މަޖާކުރުމަކީ އެމްޑީޕީން 2013ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރުނު ކުޅިވަރާއި މުނިފޫހިފިލުވުމުގެ މެނިފެސްޓޯގައި ހިމެނި ކަމެކެވެ.ރައީސް ވިދާޅުވި ގޮތުގައި، އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން، މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލަތަކާއި ރީތި އާދަތަކުން ނެރެ އެހެން މަގަކުން ގެންދިއުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުންނެވެ. އެހެންކަމުން، ރައްޔިތުން ވާން ޖެހޭނެ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް ކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ."ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅުުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ."މިހާރު މި ހިނގައިގެން އުޅޭ ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނައިލާއިރު ވެސް، މި ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނޭ ގޮތުގައި، ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން، މީގެ އަހަރުތަކެއް ކުރިން" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ޖަޒުބާތުގައި ޖެހި، މީހަކު ދައްކާވާ ވާހަކައަކަށް ހެއްލިގެން ނުވާނެ ކަމަށެވެ.ޔުމްނުގެ މައްސަލައިގައި ރައްޔިތުންގެ ޝުއޫރުތައް ކެކިއަރަމުންދާ މި ދަނޑިވަޅުގައި، ރައީސް ވަނީ، މައްސަލައެއްގެ ތަހުގީގު ފެށުމާއެކު ރައްޔިތުންނަށް އެ މައުލޫމާތު ދެވޭ ގޮތަށް ފުލުހުންގެ ޕްރޮސީޖާ ބަދަލު ކުރުމަށް އެދިވަޑައިގެންފަ އެވެ.ޔުމްނުއަށް އިންސާފު ހޯދައިދޭން ޒުވާނުން ވަނީ ރެއިން ފެށިގެން ސުލްހަވެރި އިހުތިޖާޖެއް ވެސް ފަށައިފައެވެ. ގިނަ އަދަދެއްގެ ޒުވާނުން މިރޭގެ އިހުތިޖާޖުގައި ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު