
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕަހަލްގަމް އަވަށަށް ދިން ނިރުބަވެރި ހަމަލާގައި އެތައް ބަޔަކު މަރުވެ، ޒަހަމްވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއި ކުއްލި ހައިރާންކަމާއެކުގައިކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ނިރުބަވެރިކަމާއި އެކަމާ ގުޅުންހުރި އެންމެހާ އަމަލުތަކާ ދެކޮޅަށްކަމަށް ރައީސް ވިދާޅުވިއެވެ.