ޚަބަރު
ޓިކްޓޮކް ޔާޔާ ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް
ނަބީލް
ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނަބީލް އުމުރަށް ޖަލަށް ލުމުގެ އިތުރުން 100،000ރ. ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވާ ކަން އެނގިފައިވެ އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން ޔާޔާ ވަނީ ހައްޔަރުކޮށްފަ އެވެ. ޓިކްޓޮކްގައި ބަރަހަނާވި މައްސަލާގައި އެއް 2022 ވަނަ އަހަރުން ވަނީ އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ. އެ ފަހަރު ހުކުމް އައީ އޮރިޔާން ކާޑު ހެދުމުގައި ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގަ އެވެ.

ޔާޔާ ޓިކްޓޮކްގައި ބޭއަދަބީ އަމަލުތައް ހިންގައި އެފަދަ ކަންކަން ފަތުރަމުން ގެންދާ މައްސަލައިގައި ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އާންމުންގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު