
ޓޫރިސްޓުންގެ ޗުއްޓީ މަންޒިލަކަށް ވެފައި އޮތް ތޮއްޑޫގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ، އއ. އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.މި ހިދުމަތް ފެށުމާ އެކު ތޮއްޑޫގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރަން އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.ތޮއްޑޫގައި ޑޮލަރ އޭޓީއެމްއެއް ހުޅުވުމަށް ސަރުކާރުން ނިންމެވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިމަށް އިސްކަންދޭ ރަށަކަށްވާތީއެވެ. ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެތީ ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.