ޚަބަރު
މިދިޔަ މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ދޫކޮށްފި
މިދިޔަ އޮގަސްޓު މަހު އެންސްޕާއިން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް 16.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އިޖުތިމާއީ އެހީ ފޯރުކޮށްދޭ، އެންސްޕާއިން އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުން ބޭސް ކުރުމަށް ދަތިވާ މީހުންނަށް މާލީ އެހީ ފޯރުކޮށްދެމުންނެވެ.

އެ މަސައްކަތުގެ ދަށުން ބޭސް ކުރުމަށް ދަތިވާ މީހުންނަށް 'ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް'ގެ ތެރެއިން އެންސްޕާއިން، މިދިޔަ މަހު ވަނީ ޖުމުލަ 16.8 މިލިއަން ހަރަދުކޮށްފަ އެވެ.

އެންސްޕާއިން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށްޓަކައި މިދިޔަ މަހު 8.5 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެެވެ. އަދި ރާއްޖެއިން ފަރުވާ ކުރުމަށްޓަކައި 8.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހު 22 ބާވަތެއްގެ ބައްޔަކަށް ބޭސް ކުރުމަށް ފައިސާ ދޫކޮށްފަައި ވެއެވެ.

އެންސްޕާއިން ބޭސްފަރުވާއަށް 16.8 މިލިއަން ޚަރަދުކުރިއިރު، އެ އެޖެންސީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީގެ އިތުރަށް ޕްރައިވެޓް ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ މީހުންނަށް ވެސް ޚަރަދުކޮށްދެއެވެ. އެގޮތުން، މިދިޔަ މަހު ތެރަޕީތައް ނެގުމަށް އެހީގެ ގޮތުގައި އެ އިދާރާއިން ވަނީ، ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު