ޚަބަރު
ސައިބާ ކްރައިމް ހުއްޓުވުމުގެ މުއާހަދާގައި ރާއްޖެ ބައިވެރިވެއްޖެ
ސައިބާ ކްރައިމް ހުއްޓުވުމަށްޓަކައި އދ އިން އެކުލަވާލާފައިވާ މުއާހަދާގައި ދިވެހިރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއިކުރީ ސައިބާ ކްރައިމްއާ ދެކޮޅަށް ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ މަތީ ފަންތީގެ ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ.

އެ މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ހަލީލް ވިދާޅުވީ އެ މުއާހަދާއަކީ ރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބު ކަމަށެވެ.

އޭނާ ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިގްތިސާދުގެ 15 ޕަސެންޓަކީ ޑިޖިޓަލް ދާއިރާ ކަމަށް ހެދުން ސަރކާރުގެ ލަނޑުދަނޑިއެއްގެ ގޮތުގައި އެބަ އޮތް ކަމަށެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" އަކީ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމެއް ގާއިމްކުރަން އެކުލަވާލާފައިވާ ތަަސައްވުރެއް ކަަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ޓެކްނިކަލް ގާބިލުކަން ކުޑަވުމުގެ ސަބަބުން ސައިބަކްރައިމްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭން ކުރާ މަސައްކަތް ހީނަރުވާނެ ކަމެއް ނޫން ކަމަށް ހަލީލު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ނުވަތަ ސައިބާ ކްރައިމް ހުއްޓުވުމަށްޓަކައި ސައިބާ ސެކިއުރިޓީ ސެންޓަރެއް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ހުޅުވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު