ވިޔަފާރި
ދިގްރެބް ކޮށްލުމުން ރަށު ބޯޓުން ރިސޯޓްގައި ހުރި ފިރިމީހާއަށް ހަދިޔާ ޕެކް!
ހައިވެގެން ޕިއްޒާއަކަށް އޯޑަރުކޮށްގެން، އެ ލިބުން ލަސްވެގެން ބައެއް ފަހަރު ރުޅިގަދަވެގެން އުޅޭ މީހުން އަހަރެމެންގެ ތެރޭގައި ވެސް އުޅެ އެވެ. އަދި މާލެއިން ގަންނަ މުދާ ކޮޅު ރަށު ބޯޑަށް ލައިދޭނެ މީހަކު ނުވެގެން އުޅޭ ދިވެހިން ވެސް މަދެއް ނޫނެވެ. މިފަދަ މައްސަލަތަކުގެ ޓޯޓަލް ސޮލިއުޝަން އަކީ މިހާރު "ދިގްރެބް" ބުނެވިދާނެ އެވެ. 

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ޑެލިވަރީގެ ހިދުމަތް ދެމުން އަންނަ "ދިގްރެބް" ވެފައިވަނީ ދިވެހިންގެ ދިރިއުޅުމުގައި މުހިންމު ބައިވެރި އަކަށެވެ. ދިވެހިންގެ ބިޒީ ޝެޑިއުލްއާއި މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑު މައްސަލައިގެ ޖުމްލަ އެއް ހައްލަކީ މިހާރު ދިގްރެބް އެވެ.

ދިގްރެބް އަކީ ކާބޯތަކެއްޗާއި، ރެސްޓޯރެންޓްތަކާއި، އަދި ވިޔަފާރި މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ހުރިހާ ބާވަތެއްގެ ސާމާނު ރާއްޖޭގެ ކޮންމެ ދިމާލަކަށް ޑެލިވަރީ ކޮށްދޭ އޯލް-އިން-ވަން އީ-ކޮމާސް ޑެލިވަރީ އެޕެކެވެ.


މިއަދު ދިގްރެބްގެ އެހީގައި ގޭގައި ހުރެގެން ޕިކްޕޯސް ގެޔަށް ގެނެވޭނެ އެވެ. އާއިލީ ބައިވެރިންނަށް ތަށިބަރި ވެސް ދިގްރެބް މެދުވެރިކޮށް ފޮނުވާލަންވީ އެވެ. މާލޭ އޮތް ބޯޓުން ރަށު ފިހާރައަށް މުދާ ފޮނުވަން ވެސް އިހްތިޔާރު ކުރަންވީ ދިގްރެބް އެވެ. ގޭ ދޮރާށީ އުގުޅާނެ ދަވާދު ދަޅެއް ވިޔަސް، އަންހެނުންގެ އުފަން ދުވަހަށް ކޭކެއް ވިޔަސް ހެޔޮ އެވެ. 

ދަރިފުޅަށް ނަންކިޔައިގެން ބަހަން ހުރި ބާރުސަލްތައް ވެސް ދިގްރެބް ކޮށްލުމުން ދޮރުން ދޮރަށެވެ. ދިގްރެބް އިން ބުނީ އެމީހުންގެ ވެއާ ހައުސްއަށް ފޮނުވާލީމަ ރިސޯޓް ސަޕްލައި ދޯނަށް ނުވަތަ ފެރީއަށް ވެސް ލައިދޭނެ ކަމަށެވެ. 

"ދިގްރެބް ބޭނުން ކޮންމެ އެއްޗެއް ވެސް ޑެލިވަރީކޮށްލެވޭނެ، ބޭނުން ކޮންމެ ފިހާރައަކުން ވެސް، އަދި އެއް ގެއިން އަނެއް ގެ އަށް ވެސް ތަކެތި ފޮނުވާ ލެވޭނެ، ބޯޓަކުން ހަދިޔާ ޑަބިޔާއެއް ވިޔަސް، ހާއްސަ ފަރާތަކަށް ހަދިޔާއެއް ފޮނުވާލަން ވިޔަސް، ގެއަށް ބޭނުންވާ ސާމާނު ހޯދާލަން ވިޔަސް، އަދި ރެސްޓޯރެންޓަކުން މީރު ކާއެއްޗެއް ގަންނަން ވިޔަސް، މި ހުރިހާ ހިދުމަތެއް ވެސް އަޅުގަނޑުމެން އެބަ ދެން" ދިގްރެބް އިން ބުންޏެވެ.

މީގެ އިތުރުން ދިގްރެބް ގައި ޝޮޕެއް ހުޅުވައިގެން ދިގްރެބް ވެއާހައުސްގައި މުދާ ބަހައްޓައިގެން ރަށުގައި ހުރެގެން ވެސް އޮންލައިންކޮށް ވިޔަފާރި ކޮށްލެވޭނެ އެވެ.

ޑެލިވަރީ ޑިލޭ ނުވާނެ ކަމުގެ ޔަގީން ކަމާއިއެކު ޑެލިވަރީ ހިދުމަތައް ބޭނުންނަމަ ގުޅަންވީ މިއަދު ދިގްރެބް އަށެވެ.

އަޖުމަ ބަލާލުމަށް މި އެޕް ޑައުންލޯޑް ކޮށްލާށެވެ. އިތުރު މައުލޫމާތު ހޯދުމަށް 7663355 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު