
"ދި ރައިޑް" ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތް ދެވޭނެ ގޮތް މިހާރު ވަނީ ފަހިވެފަ އެވެ.ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ މި ފުރުސަތު ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އެބައޮތް ކަމަށެވެ. އަދި ރަށްތަކުގައި ޓެކްސީ ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ފުރުސަތު ދޭނެކަމަށް ޝިފާ ވިދާޅުވި އެވެ."ދުއްވާނެ އުޅަނދަކާއި އެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކޮންމެ ފަރާތަކަށް ވެސް އެޖެންޓަކަށް ވުމުގެ ފުރުސަތު އޮންނާނެ، އަދި ދި ރައިޑްގެ ރަށު އެޖެންޓުންނަށް ހާއްސަ ކޮމިޝަންއެއް ވެސް ލިބޭނެ " ޝިފާ ވިދާޅުވި އެވެ.ޝިފާ ވިދާޅުވީ "ދި ރައިޑް" މެދުވެރިކޮށް އަންހެން ވެރިންނަށް ވެސް ދެން ރަށުގައި ހުރެގެން ސައިކަލް ޓެކްސީ ވެސް ކުރެވޭނެ ކަމަށާއި ރަށު ބަގީއެއް ކާރެއް ޕިކަޕެއް ގެން ގުޅޭ މީހުންގެ ނަންބަރު ހޯދައިގެން ވަކިވަކިން ގުޅަން ނުޖެހި މުޅި ރާއްޖޭގެ ޓެކްސީ ވިއުގަ "ދި ރައިޑް" އެޕް މެދުވެރިކޮށް ފޯނުން ވަގުތުން ބަލާލެވޭނެ ކަމަށެވެ. ޝިފާ އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ވައިބަރު ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.